10 Sep 2021, 20:29
އިސްލާމް އަދި ގުރުއާން ފޮތުން އިސްލާހުކުރަންޖެހޭ އެއްްވެސް ކުށެއް ފާހަގަކުރެވިއްްޖެނަމަ އެކަމެއް އެންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެއެވެ.
މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ މިވަގުތު ބޭނުންކުރަމުން އަންނަ ފޮތްތަކުގައި ހުރި ކުށް އިސްލާހުކުރުމުގެ މަސައްކަތްކަމަށެވެ.
އެހެންކަމުން އިސްލާމް އަދި ގުރުއާނުގެ އެއްވެސް ފޮތަކުން ކުށެއް ފާހަގަވެއްޖެނަމަ އެ ކުށް ހިމެނޭ ފޮތާއި ސަފުހާ އެނގޭނެހެން ސާފުކޮށް ލިޔުމަށްވުމަށްފަހު[email protected]އަށް މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައި ހުރި ހުރިހާ އިސްލާމް އަދި ގުރުއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑްކުރުމުގެ މަސައްކަތްކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވަނީ މި މަހުގެ އަށްވަނަ ދުވަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް އެކުލަވާލައިފައިވަނީ މިނިވަން ކޮމެޓީއެއްކަމަށެވެ. އަދި މިހާރު މި ކޮމެޓީގެ މަސައްކަތް ފެށިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ.
އެ ޓީމުތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މި މަސައްކަތް ނިމޭއިރު ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްސީލީ ރިޕޯޓެއް އެކުލަވާލުމަށްފަހު ހުށަހަޅާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކީރިތި ގުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.