09 Sep 2021, 21:09
ގޭތެރެއަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެއްތަނަކުން ލިބޭނެ ދަމާސްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.
"ދަމާސް ހޯމް"ގެ ނަމުގައި ވައިލެޓް މަގުގައި އަލަށް ހުޅުވި މި ފިހާރައަކީ ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެއްތަނަކުން ލިބޭނެ ފިހާރައެއްކަމަށް ދަމާސްއިން ބުނެއެވެ.

ދަމާސް ހޯމްގެ ނަމުގައި ހެންވޭރުގައި އާ ފިހާރައެއް ހުޅުވުން: ވައިލެޓް މަގުގައި ހުންނަ މި ފިހާރައިން ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަފާތު ސާމާނު ލިބޭނެ --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް
ހަމައެއާއެކު ސޯފާއާއި، ފަހުގެ ބަދިގެ ސެޓުތަކާއި، އެންމެ ޒަމާނީ ބެޑްރޫމް ސެޓުތައް ވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ. މި ފިހާރައަކީ އެގު ހެޔޮކޮށް ފެންވަރު ރަނގަޅު ތަކެތި ލިބިގެންދާނެ ފިހާރައެކެވެ. އަދި ރަނގަޅު އަގުތަކެއްގައި ގިނަ ވައްތަރެއްގެ ތަކެތި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެ ފިހާރަައަކަށް ވެގެންދާނެއެވެ.
މި ފިހާރައާއެކު ހުރިހާ ކަސްޓަމަރުންނަށް ވެސް ރަނގަޅު ފެންވަރެއްގެ ހިދުމަތް ލިބޭނެކަމަށް ދަމާސްއިން ބުނެއެވެ. އަދި ކޮލިޓީ ތަކެތި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެކަމަށް ވެސް ބުންޏެވެ.

ދަމާސް ހޯމްގެ ނަމުގައި ހެންވޭރުގައި އާ ފިހާރައެއް ހުޅުވުން: ވައިލެޓް މަގުގައި ހުންނަ މި ފިހާރައިން ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަފާތު ސާމާނު ލިބޭނެ --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް
ހަމައެއާއެކު ހިޔާ ފްލެޓްތަކަށް ހާއްސަކޮށް ހާއްސަ ރޭޓުތަކެއްގައި ފަރުނީޗަރު ޕެކޭޖުތަކެއް ވެސް ދަމާސްއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން މިހާރު ވެސް މި ޕެކޭޖުގެ ތެރެއިން ގަންނަން ބޭނުންވާ ތަކެތި ދަމާސް ހޯމްއިން ލިބޭނެކަމަށް ދަމާސްއިން ބުންޏެވެ

ދަމާސް ހޯމްގެ ނަމުގައި ހެންވޭރުގައި އާ ފިހާރައެއް ހުޅުވުން: ވައިލެޓް މަގުގައި ހުންނަ މި ފިހާރައިން ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަފާތު ސާމާނު ލިބޭނެ --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް
މީގެ އިތުރުން ދަމާސް ހޯމް ފިހާރައިން ވިއްކާ ތަކެތި ދަަމާސްގެ"ދަމާސް އެކްސްޕްރެސް" ވެބްސައިޓްނުވަތަ މޯބައިލް އެޕުން ވެސް ގަނެވޭނެއެވެ.
ދަމާސްއިން އަލަަށް ހުޅުވި "ދަމާސް ހޯމް" ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00އިން އިރުއޮއްސި 06:00އާ ހަމައަށް ދހުޅުވާފައި ހުންނާނެއެވެ. އަދި ރޭގަނޑު 08:00އިން 10:30އަށް ހުޅުވާފައި ހުންނާނެއެވެ.