09 Sep 2021, 17:21
އދ. މަހިބަދޫގެ މޮނިޓަރިންގް ހާލަތު އުވާލައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މަހިބަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ، މިއަދުގެ 15:19 ގައި އެރަށު މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
އެޗްޕީއޭން ބުނެފައި ވަނީ، އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން، ބަލަން ކަނޑައެޅުނު ކަންތައްތައް ބެލުމަށް ފަހު، މަހިބަދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
ފްލޫކްލިނިކްއަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުއްޖާގެ ދެ ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވް ވުމާ ގުޅިގެން، ރަށް މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ ކުރިންވެސް ދެ ފަހަރު މަހިބަދޫ މޮނިޓަރިންއަށް ލާފައިވެއެވެ.