ޔޫރަޕުގެ ސައިންޓިސްޓުން ބުނެފައިވަނީ ނިމިދިޔަ މޫސުމަކީ މިހާތަނަށް ތާރީހުގައިވެސް ޔޫރަޕަށް ހޫނު ނުވާ މިންވަރަށް ހޫނުވި މޫސުން ކަމަށެވެ.

ނިމިދިޔަ ޖޫން މަހުން ފެށިގެން އޯގަސްޓް މަހާ ހަމައަށް އެވްރެޖް ސާފޭސް އެއާ ޓެމްޕަރޭޗާ އަކީ އެކެއް 1.0 ސެލްސިއަސްއެވެ. އަދި ޔޫރަޕަށް އައި އެންމެ ފިނި މުސުމަކަށް ވެފައިވަނީ 2018 ގައި އައި ފިނި މޫސުމެވެ. މިމޫސުމުގައި ޓެމްޕަރޭޗާ ލެވެލަކީ 0.1 އެވެ.

ހަމައެހެންމެ މިއަހަރުގެ އޯގަސްޓް މަހުގައި ޔޫރަޕަށް އައި ހޫނު މޫސުމަކީ މެޑިޓަރަނީން ކަންޓްރީސް ތަކަށް އައި ހޫނު މޫސުމަށް ވުރެވެސް ހޫނު މޫސުމެކެވެ. އަދި މިއީ އުތުރުގެ ގަައުމުތަކަށް އައި އެންމެ ހޫނު މޫސުންވެސްމެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީ އާއި ގުރީސް އަށް ވަނީ ހޫނު މޫސުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.