09 Sep 2021, 06:54
ދުނިޔޭގެ އެންމެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ކަމަށްްވާ އެޕަލް އިން އާ އައިފޯނުތައް އަންނަ ހަފްތާގައި ލޯންޗުކުރާނެކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
އައިފޯނު ނެރެން ހަމަޖެހިފައިވާ ތާރީހަކީ 14 ސެޕްޓެމްބަރު ވާ ހޯމަ ދުވަހެވެ. ހަމައެހެންމެ، މި އިވެންޓަށް "ކެލިފޯނިއާ ސުޓްރީމިންގް" ގެ ނަމުގައި ވަނީ ނަންދީފައެވެ.
އެޕަލް އިން ލޯންޗު ކުރާ ފޯނުތަކުގެ ތެރޭގައި ހިމެނެނީ އައިފޯނު 13 މިނީ، އައިފޯނު 13، އައިފޯނު 13 ޕްރޯ އަދި އައިފޯނު 13 ޕްރޯ މެކްސްއެވެ. ހަމައެއާއެކު، އެޕަލް އައިވޮޗް ސީރީސް ހަތެއް މުޅިން އާ ހެލްތު ފީޗާސް ތަކަކާއެކު ލޯންޗުކުރަންވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގެ އެތައް ބައެއްގެ އުއްމީދުތައް ހާސިލު ވާނެ ދުވަހަކަށް ވާނެއެވެ. އަދި އައިފޯނު ގަންނަން ކެތް މަދުވެފައި ތިބި މީހުންނަށް އޮތް އުފާވެރި ޚަބަރަކީ، ކެމެރާގެ ލެންސާއި ސިސްޓަމް ތަފާތު ވާނެއެވެ. އެގޮތުން މިފޯނުގެ ވީޑިއޯ ކެމެރާގައި ޕޯޓްރެއިޓް މޯޑު ހިމެނިގެންވެއެވެ. އަދި ނައިޓް ސުކައީ ފޮޓޯ ނެގުމަށް އަސްޓްރޯފޮޓޯގްރަފީ ސަޕޯޓެއް ހިމެނެއެެވެ.
ހަމައެެހެންމެ، މިފޯނުތަކުގެ އެންމެ ހައިރާންކުރަނިވި ފީޗާއަކީ އަންޑާ ޑިސްޕްލޭގައި ޓަޗް އައިޑީ ހިމެނިގެންވުމެވެ. މީގެ އިތުރުން މިފޯނުގައި އެމަޖެންސީ ހާލަތުގައި މެސެޖު ފޮނުވުމަށް ސެޓްލައިޓް ޓެކްނޮލޮޖީ ސަޕޯޓެއް ހިމެނިގެންވެއެވެ.
މީގެ އިތުރުން، މުޅިން އާ ސޮފްޓްވެއާ އެއް ވަރަށް އަވަހަށް ނިކުންނާނެކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެއެވެ.