08 Sep 2021, 22:12
އަތޮޅުތެރެއިން 50 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 100 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5,318 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 40 މީހެއްގެ އިތުރުން، އަތޮޅުތަކުން 50 މީހަކާއި ރިޒޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. ހަމައެއާއެކު ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 82,364 އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 2,120 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 17 މީހަކަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 80،004 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 227 ގައެވެ.