09 Sep 2021, 06:59
ބޮލީވުޑްގެ ފިލްމީތަރި އަކްޝޭ ކުމާރުގެ މަންމަ އަރުނާ ބަޓިއާ އިއްޔެގެ ވަގުތެއްގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.
މަންމަގެ މަރާއެކު އަކްޝޭވަނީ އޭނާއަށް ކުރެވުނު އިހްސާސްތައް ބަޔާންކޮށް ޓްވީޓެއް ކޮށްފައެވެ.
އޭނާ އެ ޓްވީޓުގައި ބުނެފައިވަނީ އޭނާ އަށް ކުރެވުނީ ހަށިގަނޑުން ބައެއް މަދުވި ކަމުގެ އިހްސާސް ކަމަށެވެ. އަދި އޭނާ ވަނީ އޭނާއަށާއި އާއިލާ އަށް ތައުޒިޔާ ކީ ފަރާތްތަކަށް އިހުތިރާމް ކުރާކަމަށް ބުނެފައެވެ.
އަކްޝޭ މުމްބާއީ އަށް އައިސްފައިވަނީ ޔޫކޭގައި "ސިންދުރެއްލާ" ފިލްމުގެ ޝޫޓިންގެ މަސައްކަތުގައި އުޅެނިކޮށް އޭނާގެ މަންމަގެ ހާލަތު ގޯސްވުމުންނެވެ. އަދި އޭނާގެ މަންމަ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށް އަކްޝޭ ބުނެފައިވެއެވެ.
2015 ގައި އަކްޝޭ އޭނާގެ މަންމައާ ބެހޭގޮތުން އިންޑިއާގެ ނޫހެއްކަމަށްވާ ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ ދަރިއަކާ މަންމަގެ ގުޅުމަކީ ދުވަހަކުވެސް ކެނޑިގެން ނުދާނެ ގުޅުމެއްކަމަށެވެ. އަދި އޭނާއަށް އޭނާގެ މަންމައަށްވުރެ މުހިއްމު އެއްވެސް މީހެއް ނުހުންނާނެ ކަމަށް ވެސް އޭނާވަނީ ބުނެފައެވެ. އަދި އޭނާގެ މަންމައާ ނުލައި އޭނާއަކީ އެއްވެސް މީހެއް ނޫންކަމަށް އޭނާވަނީ ބުނެފައެވެ.
މީގެ އިތުރުން، އިންޑިއާއަށް އައި ކޮވިޑްގެ ދެވަނަ ރާޅަށް ފަހު ނެރުނު މޭޖާ ފިލްމު " ބެލް ބޮޓަމް " ގައި އަކްޝޭ ވަނީ މަސައްކަތް ކޮށްފައެވެ.