09 Sep 2021, 06:58
އަހަރެމެންގެ ތެރެއިން ގިނަ މީހުން، ދިގު އަދި ރީތި އެސްފިޔައަށް ލޯބިކުރެއެވެ. ދިގު އެސްފިޔައަކީ އޭގެ ސަބަބުން މީހާގެ މޫނު މައްޗަށް އިތުރު ފުރިހަމަކަމަކާއި ޗާލުކަމެއް ގެނެސްދޭ އެއްޗެކެވެ. ދިގު އެސްފިޔައެއް ބޭނުންވާނަމަ ކަންތައް ކުރަން ޖެހޭނެ ގޮތް ފެޝަން އެންޑް ބިއުޓީގެ މާހިރުން އަބަދުވެސް އަންނަނީ ކިޔައިދެމުންނެވެ.
ލޯ ނުއުނގުޅުން
އާއްމުގޮތެއްގައި އަހަރެމެން ވަރުބަލިވުމުން، ލޯ އުނގުޅާ ހިތްވެއެވެ. ނަމަވެސް މީގެ ސަބަބުން ލޮލުގެ އެސްފިޔަތައް މަދުވުމަށް މަގުފަހިވެއެވެ. ލޯއުނގުޅަން ބޭނުންނަމަ، އެސްފިޔާގައި އަތް ނުލައި ލޮލުގައި މަސާޖު ކުރާށެވެ.

2. ވޯޓާ ޕްރޫފް މަސްކަރާ ބޭނުންނުކުރުން
ރީތި ދިގު އެސްފިޔައެއް ބޭނުންނަމަ ވޯޓާ ޕްރޫފް މަސްކަރާ ބޭނުންނުކުރާށެވެ. ވާރޭ ވެހޭ ދުވަހަކު އަޅާލަން މީ ސަޅި އެއްޗަކަށްވީ ނަމަވެސް މިއީ ފިލުވަން އުނދަގޫ އަދި ހަރު އެއްޗެކެވެ.
3. ތެޔޮ
ތެލަކީ ހަންގަނޑު އޮމާންކޮށް ރީތި ކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ހަމަ އެހެންމެ އެސްފިޔާގައި ގަވާއިދުން އެލްމަންޑް އޮއިލް އަދި ކާސްޓޯ އޮއިލް ހާކާނަމަ، އެސްފިޔަ ރީތިވެ ދިގު ކޮށްދޭނެއެވެ.
4. ރަނގަޅަށް ސާފުކުރުން
ރަނގަޅަށް ސާފުކުރުމުގެ ގޮތުން މޭކަޕްތައް އެސްފިޔައިން ފުހެލަންވާނެއެވެ. އަދި ކާށި ތެޔޮ ފަދަ ތެޔޮ ލައިގެން ހިރަފުސް ފަދަ އެއްޗެހި ފޮޅާލަން ވާނެއެވެ.
މީގެ އިތުރުން، ސިރަމް ކަހަލަ އެއްޗެހި އުނގުޅުމަކީ ލޮލުގެ އެސްފިޔަ އިތުރަށް ދިގު ކޮށްދޭކަމެކެވެ.