09 Sep 2021, 06:57
އަސޭމިރުސް، ލޮނު އަދި ލުނބޯއަކީ ސެލެޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއްޗިއްސެވެ. ކާތަކެތީގައި މީރު ރަހަ ލެއްވުމުގެ އިތުރުން މި ތިނެއްޗަކީ އެހެނިހެން ކަންކަމުގައި ވެސް އެދެވޭ ގޮތުގައި ބޭނުން ހިފޭނެ އެއްޗިއްސެވެ.
ލުނބޯ ޖޫހަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ބޭހެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ލުނބޯގައި ހުންނަ ސިޓްރިކް އެސިޑްގެ ސަބަބުން އެޏާޖީ ޕްްރޮޑަކްޝަނަށް އިތުރު ދުޅަހެޔޮކަމެއް ގެނެސްދެއެވެ. ހަމައެހެންމެ، އަސޭމިރުހަކީ ވެސް އެޒަމާނުގައި ބޭހެއް ގޮތުގައި ބޭނުންކުރި އެއްޗެކެވެ. މީގެ އިތުރުން ހަށިގަނޑަށް ފެނާއި އޮކްސިޖެން ބޭނުނަވާފަދައިން ލޮނަކީ ވަރަށް މުހިއްމު އެއްޗެކެވެ.
މީގެ އިތުރުން، ކަރުގައި ރިހޭ ރިހުން ފިލުވުމަށް، މިބާވަތްތައް އެހީވެދެއެވެ. އެގޮތުން އެއް މޭޒުމަތީ ސަމުސާގެ ލުނބޯ ޖޫސް އަދި ބައި ސަމުސާ އަސޭމިރުހުގެ އިތުރުން ސައިސަމުސާގެ ލޮނު ހޫނު ފެންތައްޓަކަށް އެޅުމަށްފަހު ކަރުތެރެ ދޮވެލަން ޖެހޭނެއެވެ.
ހަމައެހެންމެ، ބަރުދަން ލުއިކުރުމަށްޓަކައި މިބާވަތްތައް އެހީވެދޭނެއެވެ. އެގޮތުން އެއް ސަމުސާގެ އަސޭމިރުސް، ދެ ސަމުސާގެ ލުނބޯޖޫސް އަދި އެއް މޭޒުމަތީ ސަމުސާގެ މާމުއި ހޫނުފެންތައްޓަކަށް އެޅުމަށްފަހު ކޮންމެ ދުވަހަކު ހެނދުނު އެއްފަހަރު ބޯންވާނެއެވެ. އަދި މިބޯންވާނީ ހުސް ގޮހޮރާ ހުރެގެންނެވެ.
މީގެ އިތުރުން ދަތްތަކުގައި ހުންނަ ކޮބަޑި ފިލުވައި ދިނުމަށް ލުނބޯ އަދި ލޮނު އެހީވެދެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ތިން ފަހަރު ލުނބޯ ހުތް ކޮޅެއް ހޫނުފެންތައްޓަކަށް ފެލާލަންވާނެއެވެ. އަދި ލޮނު އެޅުމަށް ފަހު އަނގަތެރެ ރަނގަޅަށް ދޮވެލުމަށްފަހު ބުރުހުން ދަތް އުނގުޅާލަން ވާނެއެވެ.