ހއ. އަތޮޅު ބާރަށު ކައުސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މޫސާ ނިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މޫސާ ނިޔާޒް ވަނީ މިދިޔަ ބުރާފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެން ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުނގަޑު އިސްތިއުފާ ދިނީ އެއީ މިހާރަށް އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ،" އެމްޑީޕީ މެންބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބާރަށު ކައުންސިލްގައި ހިމެނިވަޑައިގެންނަވަނީ އެމްޑީޕީގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންނެވެ.