ވިވޯ 21Ys ފޯނު މި ސެޕްޓެމްބަރު މަހު 21 ގައި ލޯންޗުކުރާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

މިފޯނަކީ 5000 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭ ފޯނެކެވެ. މިބެޓެރީއަކީ 18 ވޯޓު ފާސްޓް ޗާޖުކޮށްދޭ ބެޓެރީއެކެވެ. އަދި ހަތަރު ޖީބީ ރެމާއި އެކު 128 ޖީބީ ކެޕޭސިޓީގެ ސްޓޯރޭޖެއް މިފޯނުގައި ހިމެނެއެވެ. މީގެ އިތުރުން މިފޯނުގައި 6.5 އިންޖި އެޗްޑީ ޕްލަސް އެލް.ސީ.ޑީ ޑިސްޕްލޭއެއް ހިމެނެއެވެ. އަދި މިއީ އެންޑްރޮއިޑް 11 އޮޕަރޭޓް ކުރެވޭގޮތަށް ހަދާފައިވާ ފޯނެކެވެ. އަދި މިފޯނުގެ މައިކްރޯ އެސްޑީ ކާާޑުގައި އެއްޓީބީ ހިމެނެއެވެ.

އަދި ފަހުގެ ފޯނުތަކާއި އެއްގޮތަށް ވިވޯގެ މިފޯނުގައިވެސް 3 ކެމެރާ ހުރެއެވެ. މެއިން ކެމެރާގައި 50 މެގަޕިކްސެލްސް ހުރެއެވެ. އަދި ސެލްފީ ކެމެރާގައި 8 މެގަޕިކްސެލްސް ހުރެއެވެ. އަދި ހަމައެހެންމެ، ފިންގާ ޕްރިންޓް ސްކޭނާ އެއް މިފޯނުގައި ހުރެއެވެ.