އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ސިއްހަތާމެދު ފަރުވާ ކުޑަ ކުރެވެއެވެ. ރަނގަޅު ކާނާ ބޭނުން ނުކުރެވެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމާމެދު ވިސްނާނުލެވެއެވެ.

ދިފާއީ ނިޒާމަކީ އިންފެކްޝަނާއި އަދި ޓޮކްސިން އިން ސަލާމަތްކޮށްދޭ ނިޒާމެކެވެ. އެހެންނަމަވެސް ބޭނުންކުރާ ކާނާގެ ސަބަބުން ދިފާއީ ނިޒާމަށް އަސަރު ފޯރާނެއެެވެ.

އެގޮތުން ޑޮކްޓަރު ރަފޭލް ކެލްމަން ކެއުމަށް އަންގާފައިވާ ކާނާތަކަކީ :

  1. ސްޓާޗް އެކުލެވިގެންނުވާ ތަރުކާރީތައް. މީގެ ތެރޭގައި ބަދަން، އަމަރަންތު އަދި ބޭބީ ކޯން ހިމެނެއެވެ.

  2. ލީން ޕްރޮޓީން. މީގެ ތެރޭގައި ޕަވްޑާޑް ޕީނަޓް ބަޓާ އަދި ލޯ ފެޓް ކޮޓޭޖް ޗީޒް ހިމެނެއެވެ.
  3. ސީފުޑް
  4. އޯގެނިކް ބިސް
  5. ގްރީކް ޔޯގަޓް
  6. ލޮނުމެދު އަދި ޖިކާމާ

ހަމައެހެންމެ، ގިނަ ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންނަމަ ހަމަނިދި ބޭނުންވާނެކަމަށެވެ. އަދި ކޮންމެދުވަހަކު ވެސް ކަސްރަތު ކުރަންވާނެކަމަށެވެ. ހަމައެހެންމެ، ގިނަގިނައިން އަތް ދޮންނަން ޖެހޭނެ ކަމަށާއި ގިނަވަގުތު ވިސްނާ ފިކުރު ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދިފާއީ ނިޒާމު ބަލިކަށި ކޮށްދޭ އެއްޗެއް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ދިފާއީ ނިޒާމު ބަލިކަށިނަމަ ފެންނާނެ އަލާމަތްތައް:

  1. ގިނަގިނައިން ކެއްސުން

  2. ގިނަގިނައިން ބަނޑުގައި ރިއްސާ ގޮތްވުން
  3. އަބަދު ވަރުބަލިކަން އިހުސާސް ކުރެވުން
  4. ސްޓްރެސް ލެވެލް މަތިވުން

މިއީ އެންމެ އާންމު ގޮތެއްގައި ފެންނާނެ އަލާމާތްތަކެވެ. އެހެންނަމަވެސް މިނޫންވެސް އަލާމަތްތައް ފެންނާނެއެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކުރަން ސަޕްލިމެންޓްސް ނުވަތަ ބާރުގަދަ ބޭސް ބޭނުން ކޮށްގެން ނުވާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.