ރޭގަނޑުގެ ގިނަ ވަގުތު ނުނިދާ ސީލިންގަށް ބަލަން އޮވެވޭހެއްޔެވެ؟ ނުވަތަ ނިދަން އުނދަގޫ ވޭ ހެއްޔެވެ؟

އާއްމު ގޮތެއްގައި މިހެން އޮންނަން ޖެހެނީ ދިރިއުޅުމުގެ އެކި ކަންކަން ހުންނަ ގޮތުން، އެކަމާ ވިސްނާ ފިކުރުކުރާތީއެވެ. ކަންބޮޑުވާތީއެވެ. ދިރިއުޅުމުގައި ދަތުރު ކުރާނެ ރާސްތާ ޔަގީން ނުވާތީއެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ ކުރިން ދެރަކުއަތުގެ ނަމާދެއް ކުރުމަށްފަހު ދުއާ ކުރަންވާނެއެވެ.

މީގެ އިތުރުން، ހަޔާތުގައި ދިމާވާ ކަންކަމާމެދު ނިދަން އޮށޯންނައިރު ވިސްނޭނަމަ، އެކިއެކި ޢިލްމީ ފޮތްތައް ކިޔުން މުހިންމެވެ. މިއީ މައުލޫމާތު މުއްސަނދިވެ މުޖުތަމައުއަށް ލޯ ހުޅުވޭނެކަމެކެވެ. ހަމައެހެންމެ، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ޑައިރީއެއްގައި ލިޔެވިދާނެއެވެ.

ނިދާ ކޮޓަރީގެ ފިނިހޫނުމިނަކީ ވެސް ނިންޖަށް އޭގެން ނުފޫޒު ފޯރުވާނެ ކަމެކެވެ. ފިނިހޫނުމިން ހުންނަން ވާނީ އާއްމު ގޮތެއްގައި 19 ޑިގްރީ ސެލްސިއަސް އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މިޑިގްރީ މާބޮޑަށް ފިނިވެދާނެއެވެ.

ރޭގަނޑު ނިދާފައި އޮއްވާ ކުޑަ ކަމުދާން ހޭލެވޭ ހެއްޔެވެ؟

މިކަން ހައްލުކުރުމަށްޓަކައި ނިދުމުގެ ދެ ގަޑިއިރު ފަހުން ފެން ބޮއެގެން ނުވާނެއެވެ. އަދި ނިދުމުގެ ކުރިން ކޮންމެހެންވެސް ކުޑަކަމު ދާންވާނެއެވެ. ހަމައެހެންމެ، އަހަރެމެންގެ ތެރެއިން ގިނަ ޒުވާނުން ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ބޯ ރެޑްބުލް ފަދަ އެނާޖީ ޑުރިންކްތައް ބުއިމުން ދުރުވާން ޖެހޭނެއެވެ. ސަބަބަކީ އޭގެ ސަބަބުން ނިދަން އުނދަގޫ ވާނެތީއެވެ.

ހަމައެހެންމެ، ނިދަން އޮށޯންނަ އެނދަކީ އެމީހަކަށް އަރާމުކޮށް ހިތްހަމަޖެހިގެން ނިދޭނެ އެއްޗަކަށް ވާންޖެހޭނެއެވެ. އެނދުގެ ސަަބަބުން އުނަގަނޑަށް ތަދު އިހުސާސް ކުރެވޭނަމަ ނިދަން އުނދަގޫ ވާނެއެވެ.