ޓައިގާ ޝްރޮފް އަކީ ސޯޝަލް މީޑިއާއިންވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ފިލްމު ކުޅުންތެރިއެކެވެ.

އިއްޔެ ޓައިގާގެ އިންސަޓްގްރާމް ސްޓޯރީގައި "އާސްކް މީ އެނީތިން" ވަނީ ޖަހާފައެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓުތަކާއި އޭނާގެ ފިޓްނެސްއާ ބެހޭގޮތުން ސުވާލުކުރިއެވެ.

ހަމައެހެންމެ، ޓައިގާގެ ފޭންއަކު ވަނީ އެންމެ މޮޅު ނެށުންތެރިޔާ އަކީ ކާކުތޯ އަހާފައެވެ. އަދި އޭނާ އާއި ރިތިކް ރޯޝަން ގެ ތެރެއިން އެންމެ މޮޅު ނެށުންތެރިޔަކީ ކާކުތޯވެސް އަހާފައެވެ.

ރިތިކް ރޯޝަން އަދި ޓައިގާ ޝްރޮފް

އެސުވާލުގެ ޖަވާބުގައި ޓައިގާ ބުނެފައިވަނީ މޮޅު ނެށުންތެރިޔަކީ ރިތިކްކަން ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާ އަކީ މުޅި ސްޓޭޖު ގުގުމާލަދޭ ހުނަރުވެރި ނެށުންތެރިއެއް ކަމަށެވެ.

ޓައިގާ އަދި ރިތިކް ވަނީ 2019 ވަނަ އަހަރު ނެރުނު "ވޯ" ފިލްމުގައި އެކުގައި މަސައްކަތް ކޮށްފައެވެ. މިދެމީހުންގެ ފަރާތުން ފެނުނު ތަފާތު މޮޅު ހުނަރަށް އެތައް ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.