06 Sep 2021, 19:24
ރ. ދުވާފަރުން ކޮވިޑަށް ޕޮސިޓިވްވެގެން އިތުރު ފަރުވާއަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެނައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 3:35ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ދުވާފަރުން މަރުވި ހަތްވަނަ މީހާއެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 227ވަނަ މީހާއެވެ. މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މެއި މަހުއެވެ.
ދުވާފަރުން ހާލުދެރަވެގެން ގެނައި ބައެއް ކޮވިޑް ބަލިމީހުން މީގެ ކުރިން ވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވެއެވެ.
ދުވާފަރުގައި ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 101އެެވެ.