ކާތަކެތި ވިއްކާ ގިނަ ރެސްޓޯރެންޓުތަކުގެ ލޯގޯގައި ރަތްކުލަ އާއި ރީނދޫ ކުލަ ގިނައިން ހުންނަނީ ކީއްވެގެންތޯ ވިސްނާލިން ހެއްޔެވެ؟

ބައެއްފަހަރު ދޮން އަދި ރަތް ކުލައިގެ އިތުރުން އެހެން ކުލަތައް ހުންނަ މަވެސް ގިނަ ފަހަރު މި ދެ ކުލައަކީ މަޝްހޫރު ބްރޭންޑް ތަކުގެ ރެސްޓޯރެންޓުގެ ލޯގޯތަކުގައި ހުންނާނެ ކުލައެވެ.

ބާގާ ނުވަތަ ފްރައިސް ވަރަށް ބޮޑަށް ކާހިތްވާ ނަމަ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ މެކްޑޮނަލްޑްސް އަދި ކޭއެފްސީގެ ނަމެވެ. މިއީ މުޅި ދުނިޔޭގައި ލުއި ކާނާ ތައްޔާރު ކުރާ އެންމެ މަޝްހޫރު ކުންފުނިތަކެވެ.

މެކް ޑޮނާލްޑް އަަދި ކޭ.އެފް.ސީ

ގެއެއްގައި ކުލަ ލާއިރު ހަނދާނަށް އެންމެ ފުރަތަމަ ވެސް އަންނާނީ ހުދު ނުވަތަ ނޫފަދަ މަޑު ކުލަތައް ލާށެވެ. ހަމައެގޮތަށް ކާނާ ތައްޔާރު ކުރާ ކުންފުނީގެ ލޯގޯގައި ރަތް އަދި ރީނދޫ ކުލައަކީ ހަނދާނަށް އަންނާނެ ދެކުލައެވެ. މިލޯގޯގައި ރަތް ކުލަ ހުންނަ އެއް ސަބަބަކީ މީހުން ބަނޑުހައި ކުރެވުމެވެ. އަދި ރީނދޫ ކުލަ ހުންނަ ސަބަބަކީ މެޓަބޮލިޒަމް ގެ ސުޕީޑު ހައި ކުރުމެވެ.

މީގެ އިތުރުން، ފާސްޓް ފުޑް ރެސްޓޯރެންޓް ތަކުގެ "މަސްޓާޑު އެންޑް ކެޗަޕް" ތިއަރީއަކީވެސް އެ ދެ ކުލަ ފެންނަ ސަބަބު ކިޔައިދޭ އެއް ތިއަރީއެވެ. މަސްޓާޑަކީ ރީނދޫ ކުލައިގައި ހުންނަ އެއްޗަކަށް ވާއިރު ކެޗަޕަކީ ރަތްކުލައިގައި ހުންނަ އެއްޗެކެވެ.

ފާސްޓް ފުޑް ރެސްޓޯރެންޓު ތަކުން އަޅި ކުލަ ނުވަތަ އަނދިރި ކުލަތައް ނުފެންނަނީ އެކުލަތައް ފެނުމުން ހިތާމަވެރިކަން އިހުސާސް ކޮށްދޭނެތީއެވެ.

ނަމަވެސް ރީނދޫ ފަދަ ކުލަތަކަކީ އެކުލަތައް ފެނުމުން އަމިއްލަ ނަފްސަށް އުފާވެރިކަން އިހުސާސްް ކޮށްދޭ ކުލަތަކެވެ.