05 Sep 2021, 14:58
ހިޔާ ފްލެޓަށް ގަންނަ މުދާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގައި އެއް މަސް ދުވަހަށް ބަހައްޓައިދޭ ގޮތަށް އެ ކުންފުނިން ހާއްސަ ޕްރޯމަޝަނެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
ފްލެޓަށް ގަންނަ މުދާ އެއް މަސް ދުވަހަށް ބެހެއްޓޭ ގޮތަށް "މަގޭ ހިޔާ"ގެ ނަމުގައި އެ ކުންފުނިން ޕްރޮމޯޝަން ކުރިއަށް ގެންދަން ފަށާފައި ވަނީ މި މަހުގައިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ ތެރެއިން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި ގަންނަ މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަަމަށެވެ.
އެސްޓީއޯގެ މި ޕްރޯމަޝަނުގެ ތެރެއިން ތިން ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އެގޮތުން އެއްވަނަ ނަސީބުވެރިއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ދެވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ތިންވަނަ އަށް 5،000 ރުފިޔާގެ ވައުޗަރެއް ވެސް ހަދިޔާގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުން ފަށައިގެން ކުރިއަށް ދާ މި ޕްރޮމޯޝަނަކީ ހަ މަސް ދުވަހަށް ހިންގާ ޕްރޮމޯޝަނެކެވެ.