ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކުރި ބަޔަކު ހޯދަނީ
ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކުރި ބަޔަކު ހޯދަނީ

މި އަހަރުގެ އޭޕްރިލް އެކެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މިއަދު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރަން އެދިފައެވެ.

އެގޮތުން އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ނަންބަރު 9631696 އަށް ގުޅާ، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ފާހަގަ ކުރުމަށް ފަހު އެމައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.