މަޝްހޫރު ކޮރިއޯގްރަފަރު ފަރާ ޚާން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފަރާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އިންސްޓަގްރާމް ސްޓޯރީގައި އޭނާ ބުނީ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްގެން ހުރި ނަމަވެސް މި ބަލިން ސަލާމަތްވެވޭ ގޮތް ނުވި ކަމަށެވެ. އޭނާ ބުނީ އަވަސްމުސްތަގްބަލެއްގެ ތެރޭގައި މި ނުރައްކާތެރި ބަލިން ސަލާމަތްވެގެން އެނބުރި މަސައްކަތަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފަރާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އަންނަ "ކޮމެޑީ ޝޯ" އިން އޭނާ ވަނީ ވަގުތުން ވަކިވެފައެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ފަރާ ވަނީ އާންމުންގެ މެދުގައި މަގްބޫލުވި ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ.

އޭގެ ތެރޭގައި "އޯމް ޝާންތި އޯމް"، "ހެޕީ ނިއު އިޔާ" އަދި "މޭ ހޫނާ" ހިމެނެއެވެ.