04 Sep 2021, 09:21
މިދިޔަ ޖުލައި މަހު މަރުވި ބޮލީވުޑްގެ ވެޓެރަން ފިލްމީތަރި ދިލިޕް ކުމާރުގެ އަންހެނުން ސައިރާ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ސައިރާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. މިދިޔަ ބުދަ ދުވަހު އޭނާ އަށް އެޓޭކެއް ޖެހިގެން އެޑްމިޓްކުރިއިރު ސައިރާ އަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ހިންދުންޖާ ހޮސްޕިޓަލްގައެވެ.
އުމުރުން 77 އަހަރުގެ ސައިރާ ޑައިގްނޯސްވެފައިވަނީ ކޮރޯނަރީ އަންގިގޯރަމް ސިންޑްރޮމް އަށެވެ. ޚަބަރުތައް ބުނާގޮތުގައި ދިލިޕް މަރުވިފަހުން ސައިރާ އަންނަނީ ޑިޕްރެޝަން ތަހައްމަލުކުރަމުންނެވެ.
ސައިރާގެ ފިރިމީގާ އެކްޓަރު ދިލިޕް ވަނީ ގިނަ އަދަދެއްގެ ފިލްމުތައް ކުޅެފަ އެވެ. އޭނާކުޅުނު ބައެއް މަގްބުލު ފިލްމުތަކުގެ ތެރޭގައި "އާޒާދު"، "ޝަބްނަމް"، "އަމަރު" އަދި "ދުނިޔެ" ހިމެނެ އެވެ.