03 Sep 2021, 22:04
އަތޮޅުތަކުން 120 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 179 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5,120 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 68 މީހެއްގެ އިތުރުން، އަތޮޅުތަކުން 89 މީހަކާއި ރިޒޯޓުތަކުން 16 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،653 އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,966 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 25 މީހަކަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 81,653 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 226 ގައެވެ.