23 Feb 2012, 22:40
ސޮނީ ސްޕޯޓްސް އިން ފައިވާނާއި ހެދުން އަދި އަތްދަބަހުގެ އާ ބްރޭންޑްތަކެއް ބަޒާރަށް ތައާރަފް ކޮށްފި އެވެ.
ތަފާތު ބްރޭންޑްތަކުގެ ކުޅިވަރު ސާމާނާއި ހެދުން ވިއްކަމުން އަންނަ ސޮނީ ސްޕޯޓްސް އިން މި ރޭ ތައާރަފްކޮށްފައި ވަނީ ސިންގަޕޫރެއްގެ ބެރޭންޑެއް ކަމަށްވާ "އައިއޯރާ" ބްރޭންޑްގެ ހެދުމާއި އަދި މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ނޯވޯ" ބްރޭންޑްގެ ފައިވާނުގެ އިތުރުން "މެލް އެންޑް ޕާރލިނި" ބްރޭންޑްގެ އަތްދަބަހެވެ.
އަމީނީމަގުން ފިނޭސް މިނިސްޓްރީ ކުރިމަތީ ހުންނަ ސޮނީ ސްޕޯޓްސް ފިހާރާގައި އެ ބްރޭންޑްތައް ލޯންޗް ކުރުމަށް މި ރޭ ބޭއްވި ރަސްމިޔާތުގައި މިހާރުގެ އެކި ފެޝަންތައް ވަނީ ދައްކާލާފައިވެ އެވެ. އަދި މޫނިފޫހި ފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ނަވާރަސަތޭކަ ނުވަދިހަ އެއް ވަނަ އަހަރުން ފެށިގެން ސޮނީ އިން އާ ބްރޭންޑްތައް ރާއްޖެ އަށް ތައާރަފް ކުރަމުންގެންދެ އެވެ. އޭގެ ސަބަބުން ސޮނީ ސްޕޯޓްސް ވެފައި ވަނީ ރާއްޖޭގައި އެންމެ މަޝްހޫރު އެއް ފިހާރައަށެވެ.