04 Sep 2021, 09:17
ޓުވިޓާ އިން ސޯޝަލް ޕްރައިވަސީ ވަރުގަދަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް މިމަހު އަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން، ފޮލޮވާސް ލިސްޓް ކޮންޓްރޯލް ކުރުމާއި، އެމީހެއްގެ އެކައުންޓް އިން ލާ ޕޯސްޓް ތަކަށް ލައިކް އަދި ރިއެކްޓް ކުރެވޭނެ ފަރާތްތައް ސެލެކްޓް ކުރެވޭނެއެވެ. އަދި މީގެ އިތުރުން ކުރިން ކޮށްފައި ހުންނަ ޕޯސްޓްތައް އާކައިވް ކުރެވޭނެއެވެ.
ޓުވިޓާ އަކީ ރައްކާތެރި އަދި ސެކިއުރިޓީ ވަރުގަދަ އެޕަކަށް ހެދުމަށްޓަކައި، އެމީހެއްގެ އައިޑެންޓިޓީސް އެހެން މީހުންނަށް ނުފެންނަ ގޮތް ހެދޭނެއެވެ. މީގެ ސަބަބުން ސޯޝަލް މީޑިއާގައި އެމީހެއްގެ އަގު ހިފެހެއްޓޭނެއެވެ.
ޓްވިޓާ އިން ބުނާ ގޮތުން ޕްރައިވޭޓް އެކައުންޓް ނުވަތަ ޕަބްލިކް އެކައުންޓެއް ހެދުމުގެ އިޚްތިޔާރު ވަރަށް އަވަހަށް ދެވޭނެއެވެ. ހަމައެހެންމެ، ޕްރައިވެސީ ޓީމުން އަންނަނީ ފޮލޯވާސް ރިމޫވް ކުރެވޭނެ ގޮތް ހެދުމުގެ އިތުރުން ބްލޮކު ކޮށްލެވޭނެގޮތް ހަދަމުންނެވެ.
އަދި މިއަހަރުގެ ތެރޭގައި ޓުވިޓާ ބޭނުންކުރަމުން އަންނަ ފަރާތްތަކަށް، ޔޫޒާސް އަށް މެސެޖު ނުކުރެވޭނެ ގޮތް ހެދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.