03 Sep 2021, 19:00
ހިޔާ ފުލެޓު ލިބިފައިވާ މީހުންނަށް ވިލާ ގޭހުގެ ފަރާތުން ކޮންމެ ހަ މަހަކުން، ހަ މަސް ދުވަހުގެ މެއިންޓެނަންސް ފީ ލިބޭނެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ހާއްސަ ލަކީ ޑްރޯއެއްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން ކޮންމެ ޓަވަރަކުން ވެސް އެކަކު ހަ މަހުން ހަ މަހުން ހޮވަމުން ގެންދާނެއެވެ. އަދި އެގޮތަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ހަ މަސް ދުވަހުގެ މެއިންޓެނެންސް ފީ ކަމުގައިވާ 6،000 ރުފިޔާ ލިބިގެންދާނެއެވެ.
އެގޮތުން މި ލަކީ ޑްރޯގައި ބައިވެރިވުމުން ގޭސްފުޅި ހިލޭ ލިބިގެންދާނެއެވެ. އަދި ކޮންމެ ރީފިލް އަކަށް 200 ރުފިޔާގެ އަގެއް ނަގާނެއެވެ. އަދި މަދުވެގެން ހަ މަސް ދުވަސް ވަންދެން ގޭސް އޯޑަރު ކުރާ ކޮންމެ ފަރާތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

ކެޕްޝަން..
އެ ކުންފުނިން ވަނީ ލަކީ ޑްރޯގައި ބައިވެރިވުމަށް އެކަމަށް ހާއްސަގޫގުލް ފޯމްފުރުމަށް އެދިފައެވެ.
ހަމައެއާއެކު މި ލަކީޑްރޯގެ މައުލޫމާތު ހިއްސާކުރުމަށް މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވީރު 16:00 ފެށިގެން ރޯޑް ޝޯ ކުރިިޔަށްދާނެކަމަށް ވެސް ވިލާ ގޭހުން ބުންޏެވެ.
ހިޔާ ޔޫނިއަން އާއެކު ކުރިއަށް ގެންދާ މި ރޯޑް ޝޯގައި ހިޔާ ޔޫނިއަން އަށް ރަޖިސްޓްރީކުރުމުގެ ކަންކަން ވެސް ކުރިޔަށް ގެންދާނެއެވެ.