02 Sep 2021, 06:56
ސެމްސަން ގެލެކްސީ S21 FE ބާޒާރަށް ނެރޭނެ ވަކި ދުވަހެއް ނޭނގުނު ނަމަވެސް، ވަރަށް އަވަސް މުސްތަގުބަލެއްގައި ނެރޭނެކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ.
މިފޯނާއެކު ޗާޖަރު ނުލިބިދާނެ ކަމަށް އިތުބާރު ހިފޭ ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެހެންކަމުން، މިހާރުވެސް ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ.

ސެމްސަން ގެލެކްސީ އެސް 21 އެފް އީ
މީގެ އިތުރުން، ސަމްސަން އިން ނެރޭ އެންމެ ފަހުގެ މިފޯނުގައި ހެޑްފޯން ޖެކެއް އިންނަ ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި މައިކްރޯ އެސްޑީ ކާޑު ސަޕޯޓް ނުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިފޯނުގެ ހައިރާންކުރަނިވި ފީޗާތަކަށް ބަލާލާއިރު، އަލްޓްރާސޮނިކް ފިންގާ ޕްރިންޓް ސްކޭނާ އެއް ހިމެނެއެވެ. ހަމައެއާއެކު، އައިޕީ68 ރޭޓިންގެ ޑަސްޓް އެންޑް ވޯޓާ ރެސިސްޓެންޓެއް ހިމެނެއެވެ.
ސެމްމޮބައިލް ގެ ލީކް ވެފައިވާ ޚަބަރުތައް ބުނާގޮތުން، މިފޯނާ އެކު ޗާޖަރު ނުލިބުނު ނަމަވެސް ވަޔަލެސް ޗާޖަރުން މިފޯނު ޗާޖު ކުރެވޭނެއެވެ. އަދި މިފޯނުގައި ތިން ކެމެރާ ހުންނާނެއެވެ. މިފޯނުގެ ކެމެރާގެ މެގަ ޕިކްސެލް އެހެން ފޯނުތަކަށްވުރެ، ހައި ވާނެއެވެ. ހަމައެހެންމެ، ކޮލިޓީ ރަނގަޅުވާނެއެވެ.
މިފޯނުގެ ޗާޖަރު ޖެހޭނީ ވަކިން ގަންނަން ކަމަށާއި އަދި ވަޔަލެސް ހެޑްފޯނުވެސް ގަންނަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސެމްސަން ކުންފުނިން މިގޮތަށް ނިންމުމުގެ ސަބަބުން، ފޯނު އުފައްދާ އެހެން ކުންފުނިންވެސް އެގޮތަށް ކަންތައް ކުރުމަށް އަންނަނީ ބުނަމުންނެވެ.