ވިލާ އިންޓާނޭޝަނަލް ހައި ސްކޫލްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އެސްކޫލްގެ ވެބްސައިޓް ލޯންކުރުން އޮތީ މިއަދު ހެނދުނު އެކަމަށްޓަކައި އެސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެރަސްމިއްޔާތެއްގައި އެސްކޫލްގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އެރަސްމިއްޔާތުގައި ސްކޫލްގެ ވަރަށް ގިނަ ދަރިވަރުންނާއި ސްޓާފުން އަދި ވިލާ ކޮލެޖްގެ އިސްވެރިން ބައިވެރިވި އެވެ.
މިދިޔަ އަހަރުގެ އޭލެވެލް އަދި ހަޔާ ސެކަންޑްރީ އިމްތިޙާނުތަކުން ފާހަގޮކޮށްލެވޭ ބޮޑު ކާމިޔާބެއް ހާސިލްކޮށްފައިވާ ވިލާ އިންޓާނޭޝަނަލް ހައި ސްކޫލަކީ ސައިންސް އަދި ކޮމާސް ސްޓްރީމްގައި 700 އަޝްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ ސްކޫލެކެވެ.

ލިޔުމާ ގުޅޭ ލިންކް:ވިލާ އިންޓާނޭޝަނަލް ހައި ސްކޫލްގެ ވެބްސައިޓް