01 Sep 2021, 17:05
މަޝްހޫރު އެކްޓްރެސް ސަނީ ލިއޯން ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސަނީ ރާއްޖޭގެ ރިޒޯޓަކަށް އައީ އިއްޔެގެ ވަގުތެއްގައެވެ. އަދި ފިރިމީހާ އާއި ތިން ދަރިންނާ އެކު ރާއްޖެ އައިސް އޭނާ ދަނީ އޭނާ ރިޒޯޓުގައި ވަގުތު ހޭދަ ކުރާ މަންޒަރު ފެންނަ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.
އެގޮތުން ރިޒޯޓުން ބޮޑުބެރު ލަވަޔަކާ އެކު ސަނީއަށް ކިޔާފައިވާ މަރުހަބާ އާއި އޭނާގެ ދަރިން ގޮނޑުދޮށުގައި ކުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސަނީ ހިއްސާކޮށްފައިވެއެވެ.
ސަނީ ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު ‘ޖިސްމު 2’ އިންނެވެ. އެ ފިލްމުގެ އިތުރުން އޭނާ ފެނިގެންދާ ފިލްމުތަކުގެ ތެރޭގައި ހޭޓް ސްޓޯރީ 2 އާއި އެކް ޕެހެލީ ލީލާ ހިމެނެއެވެ.
ސަނީ މިވަގުތު މަސައްކަތް ކުރަމުން ދަނީ ރިއާލިޓީ ޓީވީ ޝޯއެއް ކަމަށްވާ ސްޕްލިޓްސްވިލާގެ ހޯސްޓެއްގެ ގޮތުގައެވެ.