ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ "ދޮވެމި" ފިހާރައިން ޔޫރަޕްގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ "ރިޗުއަލްސް" ރާއްޖެއަށް ތައާރަފްކޮށްފައެވެ.

އެ ބްރޭންޑު ތައާރަފް ކޮށްފައިވަނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އިވެންޓެއްގައެވެ.

ރިޗުއަލްސް ބްރޭންޑުގެ ސެންޓު، ބޮޑީ ކްރީމް، ހެއާ ޕްރޮޑަކްޓްސް، ބޮޑީ ސްކްރަބް، ސެންޓެޑް ކޭންޑަލް އަދި ސަން ޕްރޮޓެކްޝަން ކްރީމް މިހާރު އެއާޕޯޓުގައި ހުންނަ ދޮވެމި ފިހާރައިން ލިބޭނެއެވެ.

ރިޗުއަލްސް ބްރޭންޑުގެ ޕްރޮޑަކްޓުތައް

އެ ބްރޭންޑުގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ސޯޝަލް މީޑިއާ އިންފުލުއެންސާ އައިމިނަތު ޖުމާނާއެވެ.

ރިޗުއަލްސް އަކީ ނެދަލޭންޑްސްގެ ބިއުޓީ ބްރޭންޑެކެވެ.

އެ ބްރޭންޑު ފުރަތަމަ އިފްތިތާހު ކުރީ 2000 ވަނަ އަހަރެވެ.

ރިޗުއަލްސްގެ ޕްރޮޑަކްޓުތައް މިހާރު ދުނިޔޭގެ 90 ގައުމަކުން ލިބެން ހުންނަ އިރު އެ ބްރޭންޑަކީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ތެރޭގައި މަޝްހޫރު ބްރޭންޑެކެވެ.

އެ ބްރޭންޑަކީ ގޭގަ ބޭނުން ކުރާ ތަކެއްޗާ ބޮޑީ ކެއާގެ ބާވާތްތައް އެއްކޮށްލި ދުނިޔޭގެ އެންމެ ފުރަތަމަ ބްރޭންޑު ތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ.

ދޮވެމި ފިހާރަޔަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މީހުން ނުކުންނަ ގޭޓުތައް ކައިރީގައި ހުންނަ ތަނެކެވެ.

އެތަނުން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ދަތުރު ކުރާ އިރު ބޭނުން ކުރާނެ ސާމާނާއި ސެންޓާއި ކޮސްމެޓިކްސް އާއި ގަޑި އަދި އަވިއައިނު ހިމެނެއެވެ.