01 Sep 2021, 08:51
އެޕަލް ވޮޗް ސީރީސް 7ގައި މުޅިން ތަފާތު ފީޗާތަކެއް ފެންނާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވޮޗްގެ ސްކްރީން، މީގެ ކުރިން ނެރުނު އެފަދަ ގަޑިތަކުގެ ސްކްރީނަށްވުރެ ބޮޑުވާނެއެވެ.
އެޕަލް އިން މީގެ ކުރިން ނެރުނު ވޮޗް ސީރީސްތަކުގެ ސްކްރީންގައި އާންމުކޮށް ހުންނަނީ 40 ނުވަތަ 45 މިލިމީޓަރެވެ. އެހެންނަމަވެސް ވޮޗް ސީރީސް 7ގެ ސްކްރީންގައި 41 އަދި 45 މިލިމީޓަރު ހުންނާނެއެވެ.
އަންނަ މަހު ނެރޭ އެޕަލް ވޮޗް ސީރީސް 7ގެ ކުލަތައް ވެސް ތަފާތު ވާނެއެވެ. އަދި އިތުރު ހެލްތް ސެންސަރުތަކެއް ވެސް މި ވޮޗުން ފެންނާނެއެވެ.
މިހާރުވެސް، އެޕަލް ވޮޗް ސީރީސް 7 ގަންނަން ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. އަދި މި ތަފާތު ފީޗާސްތައް ތައާރަފްކުރާނަމަ ގަންނަ މީހުން އިތުރުވާނެކަމަށް ބެލެވެއެވެ.