ބޮލީވުޑުގެ ހުނަރުވެރި ފިލްމީ ތަރި އާލިއާ ބަޓް ހޮލީވުޑުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ވާހަކަތައް ދެކެވެން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ ހޮލީވުޑަށް ދާން ބޭނުންވަނީ ދިޕިކާ ޕަޑުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގައި ވިދާލުމުގެ ސަބަބުންނެވެ.

ހޮލީވުޑްގެ މަޝްހޫރު ޓެލެންޓް އެޖެންސީ، ވިލިއަމް ވޮރިސް އެންޑީވާ އެންޓަޓައިންމެންޓާ އެކު އާލިއާ ވަނީ ފިލްމުކުޅެން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އާލިއާ ބުނީ އޭނާ ހޮލީވުޑްގެ ފިލްމަކުން އޭނާގެ ހުނަރު ދައްކާލަން ބޭނުންވާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެ ފަދަ ފުރުސަތެއް ލިބޭ ދުވަހަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވާނެ ދުވަހެއް ކަމަށް ވެސް އާލިއާ ބުންޏެވެ.

ދާދި ފަހުން އާލިއާ ވަނީ އޭނާ އެންމެ ފަހުން ނެރޭނެ ފިލްމުގެ ޕްރޮޑިއުސަރުކަމުގެ މަގާމު ވެސް ހޯދައިފައެވެ. އެފިލްމުގައި ޝެފަލީ ޝާހް އަދި ޝާރުކްޚާން ވެސް ހަރަކާތްތެރި ވާނެއެެވެ.