ލޯ އަނދިރި މީހުންނަށް ހުވަފެން ފެންނާނެތޯ ނުވަތަ ނޫންތޯ އެއީ ހިތުގައި ސުވާލު އުފެދިދާނެ ކަމެކެވެ. މި ސުވާލުގެ ޖަވާބަކީ އެތައް ބަޔަކު އެނގެން ބޭނުންވާނެ ޖަވާބެއްކަން ގައިމެވެ.

މި ސުވާލުގެ ޖަވާބަކީ އެހެން މީހުންނާ އެއްގޮތަށް ބައެއް ލޯއަނދިރި މީހުންނަށްވެސް ރޭގަނޑުގެ ވަގުތު ހުވަފެން ފެންނާނެކަމެވެ.

ލޯ އަނދިރި މީހުންނަށް ހުވަފެނުގައި ފެންނާނީ ކޯއްޗެއް؟

ހުވަފެނަކީ އިންސާނާގެ ސިކުނޑިއާ ގުޅިފައިވާ ކަމެކެވެ. ހުވަފެން ފެންނަނީ ލޮލުގެ ޒަރިއްޔާ އަކުން ނޫނެވެ. ސިކުޑިންނެވެ. ލޯ އަނދިރި މީހުންނަށް ހުވަފެން ފެންނަނީ އެމީހުންނަށް ލޮލުގެ ފެނުން ގެއްލުނު އުމުރަށް ބިނާކޮށެވެ.

އުފެދުމުގައިވެސް ލޯ އަނދިރި މީހުންނަށް އަދި އުމުރުން ފަސް އަހަރު ފުރުމުގެ ކުރިން ލޮލުގެ ފެނުން ގެއްލިފައިވާނަމަ، ފަހަރުގައި ހުވަފެން ނުފެނިދާނެއެވެ. އުމުރުން ހަ އަހަރުގެ ފަހުން ލޮލުގެ ފެނުން ގެއްލޭ މީހުން އެމީހުންގެ ސިކުނޑީގައި ކޮންމެވެސް ވަރަކަށް ފެނުނު ތަސްވީރުތައް ހަނދާން ހުރިނަމަ ހުވަފެން ފެންނާނެއެވެ.

އެހެންކަމުން ލޯފަން މީހުންނަށް ފެންނަ ހުވަފެން އެހެން މީހުންނަށް ފެންނަ ހުވަފެންތަކާ ތަފާތު ވާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވަސްދުވުމާއި އަތްލުމާއި، ރަހަ ބެލުމަކީ ލޯފަން މީހުންނަށް ހުވަފެން ފެނުމަށް އިތުރަށް ބާރު ލިއްބައިދޭ ކަންކަމެވެ. އާދައިގެ އިންސާނުންނާ ހިލާފަށް ލޯފަން މީހުންނަށް މިފަދަ އިހްސާސްތައް މާ ރަނގަޅަށް ކުރެވޭނެއެވެ.