30 Aug 2021, 19:38
ހުޅުމާލޭ ފްލެޓެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ 147 ނަންބަރު ފްލެޓްގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ.
އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު މިހާރު އަލިފާންގަނޑުވަނީ ކޮންޓްރޯލްކޮށްފައެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.