ވަން ޕްލަސްއިން އަލަށް ނެރޭ ފޯނު، ނައިން އާރްޓީ އަވަސް މުއްދަތެއްގައި ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި ގޮތަށް ރިޕޯޓްކޮށްފައިވަނީ ބުރީއޫ އޮފް އިންޑިއަން ސްޓޭންޑާޑްސް (ބީއައިއެސް) އިން މިފޯނު ފެނިގެންކަމަށް ބުނެވެއެވެ. މި ފޯނު އިފްތިތާހު ކުރަނީ ހަމައެކަނި އިންޑިއާ އަދި ޗައިނާގައެވެ.

މި ފޯނު އިފްތިތާހު ކުރާނީ އަންނަ އޮކްޓޯބަރު މަހުކަމުގައި ބެލެވޭއިރު މިއީ ވަން ޕްލަސްއިން މިއަހަރު ނެރޭނެ އެންމެ ފަހު ފޯނެވެ.

މި ފޯނުގައި ސްނެޕްޑްރެގަން 870 އެސްއޯސީއާއި އަށް ޖީބީ ރެމަކާއި ޓްރިޕަލް ކެމެރާ ސެޓަޕެއް ހިމެނެއެވެ. އަދި 65 ވޯލްޓުން ޗާޖުކުރެވޭ 4،500 އެމްއޭއެޗް ގެ ބެޓެރިއެއް ވެސް ހިމެނޭކަމުގައި ބުނެވެއެވެ.

ވަން ޕްލަސް ނައިން އާރްޓީގައި ދެ ކޮންފިގަރޭޝަންސް އެއްވެއެވެ. އެއީ އަށް ޖީބީ ރެމަކާއި 128 ޖީބީ ސްތޯރޭޖް އަދި އަށް ޖީބީ ރޭމްއާއި 256 ޖީބީގެ ސްޓޯރެޖްއެވެ.

128 ޖީބީ ސްޓޯރޭޖް ފޯނު އިންޑިއަން ރުޕީސް 34،000 ލިބޭއިރު 256 ޖީބީ ސްޓޯރޭޖް ފޯނު އިންޑިއަން ރުޕީސް 37،400 ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި ފޯނުގައި ސަމްސަންގުގެ 6.55 އިންޗީގެ އީ3 ފުލް އެޗްޑީ ސުޕާ އެމޯލްޑް ޑިސްޕްލޭ ވިތް 120 އެޗްޒީ ރިފްރެޝް ރޭޓް ހުންނާނެ ކަމަށް ބެލެވެއެވެ.

މި ފޯނުގެ ޓްރިޕަލް ރެއާ ކެމެރާ ސެޓްއަޕްގައި 50 މެގަ ޕިކްސެލް ހުރެއެެވެ.

މީގެ އިތުރުން ސެލްފީސް އާއި ވިޑިއޯކޯލްސް ތަކަށް 16 މެގަޕިކްސެލް ސޮނީ އައިއެމްއެކްސް 471 ސެންސާ އެކުލެވޭ ކަމަށް ވެއެވެ.