ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަަލައިގައި ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ ލީކުވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ލީކުވި އެ އޯޑިއޯތަކުގައި ފަނޑިޔާރުން ވާހަކަ ދައްކަވާފައިވަނީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަން ދޭހަވާ ގޮތަށެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް، އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް މިއަދު ހެނދުނު އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީން މިހާރު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލައިގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ލީކުވި އޯޑިއޯތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ވަނީ މިއަދު ރައީސް އޮފީހަށް ވެސް އެވެ.