23 Feb 2012, 14:54
ވެށިފަހި މާލެ ޕްރޮގްރާމްގެ ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެ ޕްރޮގްރާމްގެ ސްޓިއަރިން ކޮމެޓީ އަލުން އެކުލަވާލައިފި އެވެ.
އަލަށް އެކުލައިވައިލި ސްޓިއަރިން ކޮމެޓީގެ ޗެއާމަނަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ ކޮމެޓީގައި ދެން ހިމެނި ވަޑައިގަންނަވަނީ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒުއާއި އިކޮނޮމިކް މިނިސްޓާ އަހުމަދު މުހައްމަދާއި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބާއި ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރާއި ހައުސިންގ މިނިސްޓްރީގެ ނާއިބް މުހައްމަދު ފާއިޒު އަދި ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އަހުމަދު އެވެ. އަލަށް އެކުލަވައިލި ސްޓްރިއަރިން ކޮމެޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީންނެވެ.
ރައީސް އޮފީހުގެ ބެލުމުގެދަށުން ކުރިން ހިންގަމުން އައި ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ މަސައްކަތްތައް ރައީސް ޑރ. ވަހީދު އިއްޔެ ވަނީ ހައުސިން މިނިސްޓްރީއަށް ބަދަލު ކުރައްވާފަ އެވެ.
ވެށިފަހި މާލެ ޕްރާމް އޮފީހަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބިންވެރި ކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ.