29 Aug 2021, 22:12
އަތޮޅުތަކުން 60 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 113 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5,189 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 42 މީހެއްގެ އިތުރުން، އަތޮޅުތަކުން 60 މީހަކާއި ރިޒޯޓުތަކުން 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 80،791 އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,658 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 މީހަކަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 78،894 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 226 ގައެވެ.