ކެންސަރު ބައްޔަށް ހާއްސަ ޑރ. އަމްރު އަހްމަދާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން އެ ބައްޔަށް ހާއްސަކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ޑރ. އަމްރަކީ ސިއްހީ ދާއިރާގައި ތަޖުރިބާ ހުރި، މެނޭޖްމެންޓު އޮފް އޮންކޮލޮޖިކަލް ކޮންޑިޝަންގެ ރޭޑިއޯތެރަޕީގައި ވެސް ތަޖުރިބާކާރު އޮންކޮލޮޖިސްޓެކެވެ.

އޭނާއަކީ ސޮލިޑް ޓިއުމާސް އަދި ލިމްފޯމާސްއިން ސްޕެޝަލް ކްލިނިކަލް އިންޓްރެސްޓު ހުންނަ އޮންކޮލޮޖީގެ ހާއްސަ ޑޮކްޓަރެކެެވެ.

ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓަކީ ކެންސަރު ބަލިތަކުން ފަރުވާ ހޯދުމާއި، ކެންސަރު ބަލި ދެނެގަތުމުގެ މަސައްކަތް ކުރާ ޑިޕާޓުމަންޓެއްކަމަށެވެ.

އަދި އެ ޑިޕާޓުމެންޓުން ކީމޯތެރަޕީގެ ހިދުމަތް ލިބޭނެކަމަށް ވެސް ބުންޏެވެ.

މި ޑިޕާޓުމެންޓުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކީމޯތެރަޕީއާއި ބްރެސްޓު ކެންސަރުގެ ފަރުވާއާއި ޕްރޮސްޓްރޭޓު ކެންސަރުގެ ފަރުވާގެ އިތުރުން، ލަންގު ކެންސަރުގެ ފަރުވާ ހިމެނެއެވެ. އަދި، ބޮލާއި ކަރުގެ ކެންސަރުގެ ފަރުވާ އަދި ކޮލޯން ކެންސަރުގެ ފަރުވާ ވެސް ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.

އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.