23 Feb 2012, 13:44
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމަށް ހ.ތިމާވެށި އަބްދުﷲ ޖާބިރު މިއަދު އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުގެ މަގާމުގައި ހުންނެވި ޖާބިރު އެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ފަތްކޮޅު ދެއްވުމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ ދާއިރާގައި އަބްދުﷲ ޖާބިރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ މައްޗަށް ބައްލަވާލައްވައި، އެ މަނިކުފާނު ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދްމަތްތައް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.