23 Feb 2012, 10:54
ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ވަގަށް ގެންދިޔަ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް ހޯދައި މައްސަލައިގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވެލިދޫ ސްޓޭޝަނުގައި ހުރި ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައި ވަނީ މިމަހުގެ 18 ވަނަދުހުގެރޭ ދަންވަރު ކަމަށެވެ. ވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ކުއްޖަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.
ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކުރުމުގެ ކުރިން މި މިމަހުގެ އަށް ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ވެލިދޫގައި ބަޔަކު ނުކުމެ އެރަށު ޕޮލިސް ސްޓޭޝަން ބަންދުކޮށް އެ ރަށުގައި ތިބި ފުލުހުން ރަށުން ބާލާފައި ވެއެވެ.