26 Aug 2021, 09:01
ކެއުމެކޭ ބުނެފިއްޔާ ކޮންމެ މީހެއްގެ ހިތަށްވެސް އަރާނީ އެކި ރަހަރަހައިގެ ހަވާދުން ކައްކާފައި ހުންނަ ރިހަ ގަނޑުގަނޑާއި އެކި ފާޑުފާޑަށް ހަދާފައި ހުންނަ ބަތް ގަނޑުގަނޑުގެ ވާހަކައެވެ.
ނަމަވެސް މިފަހަރު މިއޮތީ ނުކައްކާ، ކެއުމެއް ހަދާލެވިދާނެ މާ ރަނގަޅު ގޮތެކެވެ. މިގޮތަށް ވެސް ރަނގަޅު ކެއުމެއް ހިތް ފުރެންދެން ކާން ތައްޔާރުކޮށްލުމަކީ އަޖުމަ ބަލައިލަން ކޮށްލުން ރަނގަޅު ކަމެކެވެ.
މިކަމަށް ބޭނުންވަނީ މާ އަގު ބޮޑު ތަކެއްޗެއް ނޫނެވެ. ބާޒާރުން ފަސޭހައިން ލިބެން ހުންނަ މޭވާ އާއި ތަރުކާރިން ވެސް މިފަދަ ކެއުމެއް ތައްޔާރުކޮށްލެވިދާނެއެވެ.
ނުކައްކާ ތައްޔާރުކޮށްލެވޭނެ އެންމެ ފައިދާ ހުރި އެއްޗަކަށް ހުންނާނީ ދުވަހުގެ ކޮންމެ ވަގުތަކުވެސް ކާލުމަށް ރަނގަޅު ސެލެޑެކެވެ.

ސެލެޑެއް---
ސެލެޑުގެ އެކި ބާވަތްތައް ހުރެއެވެ. އެ މީހަކު ބޭނުން ގޮތަކަށް ވެސް ސެލެޑެއް ތައްޔާރުކޮށްލެވިދާނެއެެވެ. ހަމައެކަނި ފްރުޓް ސެލެޑެއްނަމަ ބޭނުންވާ ވައްތަރެއްގެ މޭވާއެވެ. ތަރުކާރި ސެލެޑެއް ނަމަ ބޭނުންވާ ތަރުކާރިއެވެ.
މިއިން ކޮންމެ ބާވަތެއްގެ ސެލެޑެއް ތައްޔާރުކޮށްލި ނަަމަވެސް ހަމަ ޔަގީނުންވެސް ކެއްކުމަށް އެއްވެސް ވަގުތެއް ހޭދަ ކުރާކަށް ނުޖެހޭނެއެވެ.
އެހެންކަމުން ވަގުތުގެ ދަތިކަން އޮތް މީހުންނަށް މިފަދަ ކެއުމެއް މިއީ ހަމަ އެންމެ ރަނގަޅު ކެއުމެވެ. ސިއްހަތަށް ފައިދާ ލިބުމާއެކު ވަގުތުވެސް ސަލާމަތް ކޮށްދޭނެ ކެއުމެކެވެ.
ސެލެޑު އެކަންޏެއް ނޫނެވެ. އަދިވެސް އިތުރަށް ނުކައްކާ ތައްޔާރުކުރެވޭ ވަރަށް ގިނަ ކެއުންތައް ހުންނާނެއެވެ. ބަދަން، ތަރުކާރި، މޭވާ، ޕާނުގެ އިތުރުން ކިރު ފަދަ ބާވަތްތަކުން ވެސް ނުކައްކާ ތައްޔާރުކޮށްލެވޭ މީރު ކެއުންތައް ހެދޭނެއެވެ.
ފިހާރައިގައި "ހަތަރު ދަމު" ހޭދަކުރާ ވަގުތުތައް މަދުކޮށް ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމަކުން ދުވަސް ފަށާލުން މާ ރަނގަޅުވާނެ ނޫންތޯއެވެ.