އޮރިޔާމާ ހުރި ކުޑައިރުގެ ފޮޓޯއެއް ނިރްވާނާ ބޭންޑުގެ "ނެވަމައިންޑް" އަލްބަމްގެ ކަވަރުގައި ބޭނުންކޮށްފައި ހުރުމުން ކަވަރުގައި ހުރި ކުއްޖާ 30 އަހަރު ފަހުން އެ ބޭންޑާ ދެކޮޅަށް ދައުވާކޮށްފިއެވެ.

އެގޮތުން އެ ފޮޓޯގައި އެއިރު ތުއްތު ކުއްޖެއްގެ ގޮތުގައި ހުރި ސެޕްންސާ އެލްޑަން ބުނީ އޭނާގެ އެ ފޮޓޯ ކަވަރަށް ލާފައިވަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތިކަމަށެވެ.

އަދި އޭގެ ސަބަބުން އޭނާއަަށް "އުމުރު ދުވަހަށް" ދެމިގެންދާ ވަރުގެ އެތައް ގެއްލުމެއް ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

ނިރްވާނާ ބޭންޑުގެ "ނެވަމައިންޑް" އަލްބަމްގެކަވަރުގައި ސްޕެންސާ އެލްޑަން 30 އަހަރު ފަހުން --

އޭނާ ވަނީ މިއީ ބޭންޑުން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

ހަމައެއާއެކު އެއީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ބޭންޑުން ކުރި ކަމެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރިއެވެ. އަދި ފޮޓޯގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ތުހުމަތުވެސް އޭނާ ކުރެއެވެ.

މި މައްސަލައާ ގުޅިގެން ދައުވާކުރުމަށް އޭނާ ހުށަހަޅަނީ މިހާރު ދުނިޔޭގައި ހުރި އެ ބޭންޑުގެ ހަތް މީހެއްގެ މައްޗަށް، ކޮންމެ މީހެއްގެ އަތުން ބަދަލުގެ ގޮތުގައި 150،000 ޑޮލަރު ހޯދުމަށެވެ.