26 Aug 2021, 10:13
ޒުވާނުންނަށް ކުށްކުރާ ސަބަބުތައް ދަނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްއާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ދިރާސާއެއް ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްއެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާ އައިޝަތު ޝެހެނާޒް އާދަމްއެވެ. މި ދިރާސާ ކުރިޔަށްގެންދާ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ޒުވާނުން ކުށަށް އަރައިގަންނަ ސަބަބު ހޯދުމާ އަދި އެކުށްތަކަށް މަގުފަހިވާ ސަބަބުތައް ހޯދުން ހިމެނޭއެވެ.
ތަކުރާރުކޮށް ޒުވާނުން ކުށްކުށައް އަރައިގަންނަ ސަބަބު ހޯދުމަކީ މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމުގެ އެއް ބޭނުންކަމަށް ވައިސް ޗާންސެލާ ޝެހެނާޒް ވިދާޅުވިއެވެ. ޒުވާނުން ވަޒީފާއަށް ނުދާ ސަބަބާ ޒުވާނުންގެ މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން ޒުވާނުންގެ ދިރުއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދުޅަހެޔޮކަމަށް އަންނަ ބަދަލުގެ އިތުރުން ޒުވާނުން ހުސް ވަގުތު ހޭދަކުރާ ގޮތްވެސް މި ދިރާސާއިން ހޯދުމަށް ވަނީ ނިންމާފައެވެ.
ދިރާސާގައި ރާއްޖޭގެ ހުރިހާ ރަށަކުން މައުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދިރާސާ ބަހާލެވިފައިވަނީ ތިން ފިޔަވައްސަކަށެވެ. މި ދިރާސާގެ އަލީގައި ޒުވާނުން ކުށުގެ ވެށިން ދުރު ކުރުމަށް މިނިސްޓްރީއިން ފުރުސަތު ހޯދައިދޭނެއެވެ.