ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ޗާންސެލަގެ މަގާމުން ޑޮކްޓަރު މުޞްޠަފާ ލުޠުފީ އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު ގަބޫލުފުޅު ކުރައްވައިފި އެވެ.

އިސްތިޢުފާ ގަބޫލުފުޅު ކުރައްވައި، ޑޮކްޓަރު މުޞްޠަފާ ލުޠުފީ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ޗާންސެލާގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.