ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް ޑޮކްޓަރު ޙަސަން ސަޢީދު، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް ކޮމޮންވެލްތް ސެކްރެޓަރީ ޖެނެރަލަށް އަރުވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުގެ މަޢުލޫމާތު، ސެކްރެޓަރީ ޖެނެރަލަށް ޑރ. ޙަސަން ސަޢީދު ދެއްވި އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ކަމަލޭޝް ޝަރްމާއަށް ޑޮކްޓަރު ޙަސަން ސަޢީދު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.