24 Aug 2021, 09:40
އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު އިއުލާން ކޮށްފިއެވެ.
ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ ގައުމީ ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އަޝްހަދު އަލީ (އަޑުބަރޭ)އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނުމެވެ.
ކުރީގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާން އާ ދެކޮޅަށް ރާއްޖެ ނިކުންނަން އޮތް ދުވަހު އަޑޭ އަތުން އެއްވެސް ސަބަބެއް ނެތި ކެޕްޓަން ބޭންޑު އަތުލުމުންނެވެ.
ބޮޑު މެދުކެނޑުމަކަށްފަހު އަލުން ގައުމީ ޓީމާ ގުޅޭ އަނެއް ކުޅުންތެރިޔަކީ އިސްމާއިލް އީސަ (މެސީ)އެވެ. މެސީ އެންމެ ފަހުން ގައުމީ ޓީމަށް ނަގާފައި ވަނީ 2017 ވަނަ އަހަރުއެވެ.
ގައުމީ ޓީމުން ފުރުސަތު ދިން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔަކީ ޓީސީގެ މުހައްމަދު އަޖުފާންއެވެ.
ދަ ގްރާންޑޭގެ ކެޕްޓަން ޔަޝްފާދް ހަބީބު (މުލަކޭ) ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ. މުލަކޭ އަކީ ފާއިތުވެދިޔަ ލީގު ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ.
މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފައެވެ. އެންމެ ފަހުން ނެގި ގައުމީ ސްކޮޑުންވެސް ބަކާއަށް ފުރުސަތު ދިން ނަމަވެސް އާއިލީ ސަބަބަކާ ހުރެ އެ ފަހަރު ޓީމާ ބަކާ ނުގުޅެއެވެ.
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑު
މާޒިޔާ -ހުސައިން ޝަރީފު، މޫސާ ޔާމީން (ޔާންބެ)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމައިރު، އަސަދުﷲ އަބްދުﷲ، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު).
އީގަލްސް -އިމްރާން ނަޝީދު، އަހުމަދު ނޫމާން (ހެލްމެޓު)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން، އަސްހަދު އަލީ (އަޑޭ).
ވެލެންސިއާ -މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގް (ދަގަނޑޭ)، އަކުރަމު އަބްދުލް ގަނީ.
ޔުނައިޓެޑް ވިކްޓަރީ -އަލީ ނާޖިހު، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ).
ގްރީން ސްޓްރީޓްސް -މުހައްމަދު ސާއިފް، ހަސަން ނަޒީމް ގާސިމު (ޗޯޓު).
ޓީސީ -މުހައްމަދު އަޖުފާން އަދި އަލީ ޝާމިސް (ތޮއްޕޭ).
ދަ ގްރާންޑޭ -ޔަޝްފާދު ހަބީބު (މުލަކޭ).