23 Aug 2021, 18:18
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަންގައި އިތުރު ހަތް މަޖިލިސް މެންބަރުން ސޮއިކޮށްފިއެވެ.
އިއްޔެގެ ނިޔަލަށް އެ ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަށް މެންބަރުންނެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނިޝާން އިބްރާހީމް ހުށަހަޅާފައިވާ އެ ޕެޓިޝަނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އޭނާ މިއަދު "ސަން" އަށް ވިދާޅުވީ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިއަދު އިތުރު ހަތް މަޖިލިސް މެންބަރުން މިހާރު އެ ޕެޓިޝަންގައި ވަނީ ސޮއިކޮށްފައެވެ. އެއާއެކު ޕެޓިޝަންގައި ސޮއިކުރި ޖުމްލަ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.
މިހާތަނަށް ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުން:
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
- މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
- މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
- މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު
- ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ޕެޓިޝަންގައި ސޮއިކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަަމަށް ވާތީ، މިހާތަަނަށް ސޮއިކުރި ޖުމްލަ މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ. ނަމަވެސް އަދި މިހާރު އެ ފޯމުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ނިޝާން ވިދާޅުވިއެވެ.
އަދި އުންމީދުކުރި ވަރަށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ސޮއިކުރުމުންދާ ކަމަށާއި، ޓާގެޓު ހާސިލުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
ޕެޓިޝަންގެ އަމާޒަކީ 100 ދުވަސް ތެރޭ، އެއްލައްކަ މީހުންގެ ސޮއި ހަމަކުރުމެވެ.