ގއ. މާމެންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލާފައި ވަނީ މުޅި ރާއްޖެއަށެވެ.

މި މުބާރާތުގައި ބައިވެރިވެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ލިބޭނެކަމަށް ކައުންސިލުން ބުންޏެވެ.

އަދި މިމުބާރާތަށް ހުށަހެޅޭ ލޯގޯތަކުގެ ހުރިހާ އިޚްތިޔާރެއް މާމެންދު ކައުންސިލަށް ލިބޭނެކަމަށް ކައުންސިލުން ބުންޏެވެ.

ފަރުމާ ކޮށްފައިވާ ލޯގޯ މިއަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންްދުރު އެކެއްގެ ކުރިން،[email protected]އީމެއިލް އަށް ހުށަހަޅަންޖެހޭނެއެވެ.

ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ ތިން ލޯގޯއެވެ.

އަދި ޝޯޓްލިސްޓު ކުރެވޭ ލޯގޯތައް ޕްރެޒެންޓުކޮށްދެންވާނެއެވެ.

ކައުންސިލުން ލޯގޯ ފަރުމާކުރުމުގައިއާއި ޝިއާރުކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް އެކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން:

ލޯގޯއިން ގއ. މާމެންދޫ ރަމްޒުކޮށްދިނުން، އަދި ރަށުގެ ތާރީޚާއި، ދީނާއި ސަގާފަތް ދައްކައިދިނުން

ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން

ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު ނުވަތަ މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން

ތްރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން

ލޯގޯ ހުށަހަޅާއިރު ކަވާލެޓާ އެއް ހުށަހަޅަންޖެހެއެވެ.

އެ ސިޓީގައި ލޯގޯ ފަރުމާ ކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި އެޑްރެސް އަދި ފޯނު ނަންބަރު ހިމަނަންޖެހެއެވެ.

އަދި މީގެ އިތުރުން ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން ލޯގޯ ހުށަހަޅާނަމަ އެ ކުންފުންޏެއްގެ ނުވަތަ އެ ވިޔަފާރިއެއްގެ ރެޖިސްޓްރީ ކޮޕީވެސް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން މި ސިޓީގައި ހުށަހަޅާ ލޯގޯއަކީ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ހިޔާލެއްކަންއަނގައިދީ އެކަމަށް އިގުރާރުވެ ހުށަހަޅަންޖެހެއެވެ.

އަދިހުށަހަޅަންޖެހޭ އިތުރު ލިޔުންތަކުގ ތެރޭގައި ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލު ހުށަހަޅަންޖެހެއެވެ.

އަދި ލޯގޯގެ ސޮފްޓް ކޮޕީ 150ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީޕީއައި ރިޒޮލިއުޝަންގައި ހުށަހަޅައި ލޯގޯ ޕީއެންޖީ ފައިލާއެކު އެސްވީޖީ، އީޕީއެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއާއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓާ ފައިލް ހުށަހަޅަންޖެހެއެވެ.