23 Aug 2021, 12:12
އައްޑޫ ސިޓީގައި ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި މަރުވީ 92 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އައްޑޫ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެންދިޔަ އެ އަންހެންމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 7:20 ގައެވެ.
"ސަން" އަށް މައުލޫމަތު ދެއްވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މަރުވި މީހާއަކީ ކޮވިޑް ޕޮޒިޓިވް ކޭސް އަކާ ގުޅިގެން ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ.
އަދި ނިޔާވުމަށްފަހު ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ނިޔާވިއިރު އެ އަންހެންމީހާ ކަރަންޓީން ފުރިހަމަކުރަމުން ދިޔައީ އާއިލާއާ އެކުގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 224 އަށް އަރައިފައެވެ.