ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތޭޖާސް"ގެ ދެވަނަ ޝެޑިއުލް ފަށައިފިއެވެ.

ފިލްމު "ދާކަޅް"ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ކަންގަނަ ތޭޖާސްގެ ޝޫޓިން ފެށިއިރު މި ފިލްމަކީ ކަންގަނާ އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ.

މި ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ކުޅެލަން ލިބުމުން ކަންގަނާ ބުނީ ކުޑައިރުންފެށިގެން ވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ.

އަދި އެ ފިލްމުގެ މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ކަންގަނާ ވަނީ މީގެ ކުރިން ބުނެފައެވެ.

މި ފިލްމުގެ ފަސްޓްލުކް މިދިޔަ މާޗް މަހު ވަނީ ދައްކާލާފައެވެ. މި ފިލްމުގެ އިތުރުން ކަންގަނާ އަތުގައި ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.

އެއީ "ތަލައިވީ"، "ދާކަޅް" އަދި "މަނިކަރްނިކާ 2" ހިމެނެއެވެ.