22 Aug 2021, 22:38
ކޮވިޑު ޖެހިގެން މަރުވާ މީހުން ތަޔައްމަމު ކޮށްގެން ހިނެވުމުގެ ބަދަލުގައި ހިނަވައިގެން ވަޅުލާ ގޮތަށް ބަދަލުކޮށްފިއެވެ.
މަރުވާ މީހުން ތަޔައްމަމު ކޮށްގެން ވަޅުލާ ގޮތަށް އުސޫލު ބަދަލުކުރީ ކޮވިޑް ތެރޭގައެވެ.
ކަށުކަމާކެމީގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ޖަމާއަތްތެރިޔާ، އަހުމަދު މުނައްވަރު "ސަން"އަށް ވިދާޅުވީ ކޮވިޑުގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ސަރުކާރުން ދިން ލުއި ތަކަށްފަހު ހިނަވާ އުސޫލަށް ބަދަލު ގެނެސް ތަޔައްމަމު ކުރުމުގެ ބަދަލުގައި ހިނަވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް ޖެހިންގެން މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލަށް ބަދަލު ގެނައިފަހުން މިއަދު ވަނީ އަނެއްކާވެސް އިތުރު މީހަކު ކޮވިޑް ޖެހިން މަރުވެފައެވެ. އުސޫލަށް ގެނައި ބަދަލާއެކު މިއަދު މަރުވި އުމުރުން ދުވަސްވީ މީހާވެސް ހިނެވީ ފެނުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 223 މީހަކު މަރުވަފައިވެއެވެ. އޭގެތެރެއިން މިއަދު މަރުވި މީހާ ފިޔަވައި އެހެން އެންމެން ވެސް ވަޅުލީ ހަމައެކަނި ތަޔަންމަމުކޮށްގެނެވެ.